ތިމަރަފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ތިމަރަފުށި --- ފޮޓޯ/ ތިމަރަފުށި އޮންލައިން ފޭސްބުކް

ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ތިމަރަފުށީގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން 100 ހައުސިން ޔުނިޓު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނަން ރިފަންޑަބްލް ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު މާދަމާއިން ފެށިގެން ސެޕްޓެމްބަރު 25ގެ ނިޔަލަށް ފައިސާ ބަލައިގަންނާނެއެވެ.

ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ނުވަތަ އެއަދަދާ އެއްވަރުގެ ފައިސާ އެމެރިކާ ޑޮލަރުން ދައްކަން ޖެހެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ. ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ GC01ގެ ގްރޭޑް 1އަށް ޝަރުޠުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

މިއަހަރުގެ މިހާތަނަށް ގިނަ ރަށްރަށުގައި ހައުސިން ޔުނިޓު އެޅުމަށް އިއުލާނުކޮށްފައިވާއިރު ބައެއް ރަށޤރަށުގެ މަސައްކަތް ވަނީ ކޮންޓްރެކްޓުކޮށްފައެވެ.

comment ކޮމެންޓް