މަނާ ސަރަހައްދުތަކުގައި ސިނގިރޭޓު ބުއި އަށް މީހަކު ޖޫރިމަނާކޮށްފި

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަންތަން ކަން އަންގައިދޭ ބޯޑް-- ސަން ފައިލް ފޮޓޯ

ދުންފަތުގެ އިސްއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރި އަށް މީހަކު ޖޫރިމަނާކޮށްފި އެވެ.

އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލުތައް، ކޮލެޖް ޔުނިވާސިޓީތައް އަދި ސަރުކާރު އޮފީސްތައް ކައިރީގައްޔާއި ހޮޓާ ރެސްޓޯރެންޓުތަކުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

އެންވަޔަރަމެންޓް ޕޮލިހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ތެރޭގައި މަގުމައްޗަށް ކުނިއެޅި 10 މީހަކުވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން 37 ކޮންސްޓްރަކްޝަން ސައިޓަކަށް ގޮސް، މައްސަލަ ބަލައި ހައްލުކޮށްފައިވާ ކަމަށާއި 69 މީހަކަށް އަނގަބަހުން ނަސޭހަތްދީފައިވާކަމަށް އެންވަޔަރަމެންޓް ޕޮލިހުގެ ތަފާސް ހިސާބުތައް ދައްކައެވެ.

އެންވަޔަރަމެންޓު ފުލުހުން މިދިޔަ ހަފްތާ ޖުމްލަ 47 މައްސަލައެއް ވަނީ ހައްލުކޮށްފައެވެ.

comment ކޮމެންޓް