ސައިކަލެއްގައި ދިޔަ މީހަކު ހިލަތަކެއް މައްޗަށް ވެއްޓި ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫ ޕޯޓު ސަރަހައްދުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މިއަދު ހެނދުނު 8:00 އެހާކަށްހާއިރު އެކްސިޑެންޓު ހިނގައިފައި ވަނީ ސައިކަލެއްގައި ދިޔަ މީހަކު މޫދާ ދިމާލަށް ހިލަތައް މައްޗަށް ވެއްޓުމާ ގުޅިގެންނެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެމީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އަދި އޭނާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް