ކުނި ނަގާ ވެމްކޯގެ މުވައްޒަފަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ވެމްކޯ މުވައްޒަފަކާމެދު މާރާމާރީ ހިންގާ ވީޑިއޯގެ ސްކްރީންޝޮޓެއް

ވެމްކޯގެ މުވައްޒަފަކަށް އާންމު މީހަކު ހަމަލާދީ މާރާމާރި ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ، މާރާމާރި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް މިހާރު އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ ވެމްކޯގެ އެ މުވައްޒަފަށް މީހަކު ހަމަލާ ދިނީ އޭނާ ޑިއުޓީއަށް ނިކުންނަން ދިޔަ މަގުމަތީގައި ކަމަށެވެ.

އެ މައްސަލަައިގެ ތަހުގީގު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ފަށާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ ކުނި ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފަކަށް ކަށިމާހިނގުމުގައި ހުންނަ ގެއެއްގެ ކުރިމަތީގައި އެސްލޯނު ހޮޅިއަކުން މީހަކު ހަމަލާދޭ މަންޒަރެވެ. އަދި އެ މީހާ ވަނީ މުވައްޒަފާ ދިމާލަށް ހުތުރު އެއްޗިހި ވެސް ކިޔައިފަ އެވެ. އަދި އެސްލޯނު ހޮޅިބުރިންނާއި އަތުން މީހާގެ ބޮލާއި ކަނދުރާގައި ޖަހާތަން ވީޑިއޯ އިން ފެނެ އެވެ.

comment ކޮމެންޓް