އިސްލާމް ދީނާ ހިލާފު ވާހަކަ ހުރި 109 ފޮތެއް ކަސްޓަމަށް ނަގައިފި

ކަސްޓަމަސް އިމާރާތް : ކަސްޓަމުގައި ޓީވީއެމް ނޫން އިތުރު ޗެނަލެއް ނުބަލަން ވަނީ އަންގާފައި -- ސަންފައިލް ފޮޓޯ

އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ލިޔެފައިވާ ފޮތްތަކެއް ބުކް ފެއާއެއްގައި ވިއްކަން ހުއްޓައި ކަސްޓަމްސްއިން އެތަކެތި ނަގައިފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، މިހާރު މާލޭގައި ކުރިއަށްދާ ބުކްފެއާއެއްގެ ތެރޭގައި ވިއްކަން ބަހައްޓާފައި ހުރި 109 ފޮތެއް ކަސްޓަމްސްއިން ނަގާފައިވާ ކަމަށެވެ. އަދި އެ ފޮތްތައް ނަގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ ފޮތްތައް ނަގަން ޖެހުނީ އޭގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ލިޔެފައި ހުރުމުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެކަން ކަސްޓަމްސްގެ ސަމާލުކަމަށް އައީ، ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޮވެލްޓީ ބުކްފެއާގެ ތެރޭގައި އެފަދަ ފޮތްތަކެއް ހުރި ކަމަށް ބުނެ އާންމު ފަރާތަކުން އެ ފޮތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާއަށް އާންމު ކުރުމުން އެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ހިންދޫ ދީނުގެ ބައެއް މައުލޫމާތު ހުރި ފޮތްތަކުގެ އިތުރުން އޭތިޒަމް ނޫނީ ދީން ގަބޫލު ނުކުރުމުގެ ފަލްސަފާގެ ފޮތްތަކެއް ވެސް އެ ފެއާގައި ވިއްކަން ހުއްޓެވެ.

comment ކޮމެންޓް