އެންމެ ރަނގަޅު ކައުންސިލްތަކަށް އެވޯޑް ދީފި

ކަންގަތި އެވޯޑް ހަފްލާގެ ތެރެއިން -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފާއިތުވި ދެ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި ކައުންސިލްތަކަށް އެވޯޑް ދީފި އެވެ.

ކައުންސިލްތަކަށް ދޭ އެވޯޑަކީ ކައުންސިލްތަކުން މަސައްކަތްކުރާގޮތަށް ބަލައި ލޯކްލަ ގަވަމެންޓް އޮތޯރިޓީ އިންދޭ އެވޯޑެކެވެ. "ކަންގަތި" ގެ ނަމުގައި މި އަހަރު އެވޯޑް ދީފައިވަނީ 2017 އަދި 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ކައުންސިލްތަކަށެވެ.

ކައުންސިލްތަކަށް އެވޯޑް ދީފައިވަނީ އެލްޖީއޭ އިން ބަލާ ޕާފޯމަންސް އިންޑެކްސްތަކުގައި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ކައުންސިލްތަކަށެވެ. މި އެވޯޑް ދިނުމުގައި ކައުންސިލްތައް ރޭންކުކޮށްފައިވަނީ އެލްޖީއޭގެ ޤާނޫނާ އެއްގޮތަށް ލިޔެކިޔުންތައް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކައުންސިލްތަކުގެ ނަތީޖާއަށް ބެލުމަށްފަހު އެވެ.

އެވޯޑް ދިނުމުގައި ބަލާ އިންޑެކްސްތަކަކީ:

  • ގާނޫނަށް އަމަލުކުރާ މިންވަރު
  • އިފެކްޓިވްނެސް
  • ޕާޓިސިޕޭޝަން
  • އެކައުންޓެބިލިޓީ
  • ސެކިޔުރިޓީ

މިރޭގެ ހަފްލާގައި 2017 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް އިން އެންމެ ރަނގަޅު މާކްސް ހޯދި ތިން ރަށު ކައުންސިލް އަށާއި އަތޮޅު ކައުންސިލަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.

2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ވަނަ އަހަރު އެންމެ މަތިން މާކްސް ހޯދި އަތޮޅު ކައުންސިލްތައް:

1. ތ. އަތޮޅު ކައުންސިލް

2. ށ. އަތޮޅު ކައުންސިލް

3. ޅ. އަތޮޅު ކައުންސިލް

2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ވަނަ އަހަރު އެންމެ މަތިން މާކްސް ހޯދި ރަށު ކައުންސިލްތައް:

1. އއ. މަތިވެރި ކައުންސިލް

2. ކ. ހުރާ ކައުންސިލް

3. އއ އުކުޅަސް ކައުންސިލް

2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު އެންމެ މަތިން މާކްސް ހޯދި އަތޮޅު ކައުންސިލްތައް:

1. ޅ. އަތޮޅު ކައުންސިލް

2. ށ. އަތޮޅު ކައުންސިލް

3. ތ. އަތޮޅު ކައުންސިލް

2017 ވަނަ އަހަރާ އަޅާ ބަލާއިރު 2018 ވަނަ އަހަރު އެންމެ މަތިން މާކްސް ހޯދި ރަށު ކައުންސިލްތައް:

2. ފ. ނިލަންދޫ ކައުންސިލް

3. ށ. ފުނަދޫ ކައުންސިލް

އެގޮތުން މިދިޔަ އަހަރު އެންމެ މަތިން މާކްސް ހޯދި އެއްވަނަ ރަށު ކައުންސިލަށް މިރޭ އެވޯޑް ދީފައެއް ނުވެ އެވެ

comment ކޮމެންޓް