އިންޑިއާއިން ރާއްޖެ އައި މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި

ކަސްޓަމްސް އިން މިއަދު އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމަސް

އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން 4.195 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިއަދު އިންޑިއާގެ ޓްރެވިންޑްރަމްއިން ރާއްޖެ އައި އުމުރުން 48 އަހަރުގެ އިންޑިއާ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން ބަލާ ފާސްކުރުުމުގެ ތެރޭގައި ކަމަށެވެ.

މަސްތުވާތަކެތި ފެނުނީ އެމީހާގެ ލަގެޖު ތެރެއިން ކަމަށާއި މިތަކެތި ޓެސްޓުކުރުމުގެ ފުރަތަމަ މަރުހަލާއިން އެތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ ތަކެތީގެ ބަރުދަނުގައި 4.195 ކިލޯ ހުރި ކަމަށާއި ތަކެތީގެ އަގު 1.1 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

މަސްތުވާތަކެއްޗާއެކު އަތުލައިގަތް މީހާ އާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް