ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ތިންވަނަ ބުރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުުރުސަތު

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ އެހީލިބުނު ޕްރޮޖެކްޓެއް -- ފޮތޯ: ބީއެމްއެލް

ޖަމްއިއްޔާތަކުންނާއި އަމިއްލަ ފަރުދުން، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީދިނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ތިންވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީއެމްއެލް އިން ބުންޏެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޮމިޔުނިޓީ ފަންޑު ޕްރޮގްރާމުން ފަސް ރަށަކަށް ވަނީ އެހީ ދީފަ އެވެ.

މި ފަންޑުން އެހީ ދޭނީ އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ޕްރޮޖެކްޓުތަކަށެވެ.

މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލް އިން ދަނީ ދެމުންނެވެ.

https://sun.mv/123631

ކޮމިއުނިޓީ ފަންޑުގެ ފުރަތަަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ހދ.ނެއްލައިދޫ ގައި ކޮމިއުނިޓީ ޕާކެއް ހެދުން، ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން، އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމުގެ އިތުރުން ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީތަރައްގީކުރުމުގެ ޕްރޮޕޯސަލް އަށެވެ.

މިދިޔަ އަަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް