ރައީސްގެ މޮޓޯކޭޑުގައި ހިމެނޭ ވެހިކަލެއް އެކްސިޑެންޓް ވެއްޖެ

ރައީސްގެ މޮޓޯކޭޑުގައި ހިމެނޭ ސާވެއިލެންސް ވެހިކަލް އެކްސިޑެންޓުވެފައި ---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑުގައި ހިމެނޭ އެމްއެންޑީއެފްގެ ވެހިކަލެއް ބްރިޖު ހައިވޭގައި އެކްސިޑެންޓު ވެއްޖެ އެވެ.

އެމްއެންޑީއެފްގެ ވެހިކަލެއް ބްރިޖު ކައިރިން އެކްސިޑެންޓް ވެގެން އުޅޭކަން އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ރައީސް މިއަދު ތ. އަތޮޅަށް ކުރައްވާ ދަތުފުޅަށް ފުރާވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ގެންދިޔުމަށް ފަހު މޮޓޯކޭޑު ހުޅުލެއިން އެނބުރި މާލެ އަންނަނިކޮށެވެ.

ރައީސްގެ މޮޓޯކޭޑުގައި ހިމެނޭ ސާވެއިލެންސް ވެހިކަލް އެކްސިޑެންޓުވެފައި ---

އެކްސިޑެންޓު ހިނގާފައި ވަނީ މޮޓޯކޭޑުގައި ހިމެނޭ ސާވޭލެންސް ވެހިކަލް ދަނގަނޑު ޑިވައިޑަރުގައި ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ.

މި ވެހިކަލަކީ ރައީސް ތަންތަނަށް ޒިޔާރަތް ކުރައްވާއިރު ސާވެއިލެންސް ހެދުމަށާއި ސިގްނަލް ޖޭމް ކުރުމަށް ބޭނުން ކުރާ އެމްއެންޑީއެފްގެ ވެހިކަލެކެވެ.

comment ކޮމެންޓް