ސޯޝަލް މީޑިއާ ޕޯސްޓުތަކަކާ ހެދި ޕަލަސްތީނު މީހަކު އެމެރިކާއަށް ނޭރުވި

އިސްމާއިލް އަޖާވީ---

ސޯޝަލް މީޑިއާ ޕޯސްޓުތަކާ ހެދި ޕަލަސްތީނުގެ މީހަކަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދީ ފޮނުވާލައިފި އެވެ.

އިސްމާއިލް އަޖާވީ އެމެރިކާއަށް ދިޔައީ ހާވާޑް ޔުނިވާސިޓީގައި ކިޔެވުމަށް ޕްލޭސްމަންޓްވެސް ލިބުމުންނެވެ. އޭނާއަށް ހާވަޑްގައި ކިޔެވުމުގެ ފުރުސަތު ލިބުނީ އެ ޔުނިވަސިޓީން އޭނާއަށް ދިން ސްކޮލޮޝިޕްގެ ފުރުސަތަކާއެކު އެވެ.

އަޖާވީ ބުނީ އޭނާ އެމެރިކާއަށް އައުމާއެކު އޭނާގެ ފޯނާއި ލެޕްޓޮޕް ޗެކްކުރި ކަމަށާއި އެއައަށްފަހު އޭނާގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ.

އެމެރިކާގައި އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން އެގައުމަށް އެތެރެވުމަށް ވިސާއަށް އެދޭމީހުން އެމީހުން ސޯޝަލް މީޑިއާތަކުގެ މައުލޫމާތު ހިއްސާ ކުރަން ޖެހެ އެވެ.

ނަމަވެސް ފަލަސްތީނުގެ މީހާއަށް އެމެރިކާއަށް ނުވެދެވުނީ އޭނާ ސޯޝަލް މީޑީއާގައި ކުރި ޕޯސްޓްތަކާ ގުޅިގެނެއް ނޫނެވެ. ނަަމަވެސް އޭނާގެ ރައްޓެހިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކާ ގުޅިގެންނެވެ. އަދި އެ ޕޯސްޓްތަކަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ޕޯސްޓްތަކެއް ކަމަށް ބުނުމުންވެސް އެެމެރިކާއިން ވަނީ އޭނާ އެގައުމަށް އެތެރެވިޔަނުދީ ފޮނުވާލައިފަ އެވެ.

ހާވާޑްއިން ބުނީ އެ މައްސަލައިގައި ވީގޮތް ބަލައި، ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން މައްސަލަ ހައްލުކުރުމަމަށް މަސައްކަތް ކުރަމުންދާ ކަމަށެެވެ.

comment ކޮމެންޓް