އަޒީމާ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް އަރުވައިފި

އަޒީމާ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް އެރުވުމަށް ފަހު ---

ރާއްޖެއިން ޗައިނާއަށް އަލަށް ކަނޑައެޅި ސަފީރު، މ. ބީނާފުށި، އާއިޝަތު އަޒީމާ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ޗައިނާގެ ގްރޭޓް ހޯލް އޮފް ޕީޕަލްގަ އެވެ. އަޒީމާ އަކީ ރާއްޖެއިން ޗައިނާއަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.

އަޒީމާ އަކީ މީގެ ކުރިން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ފަސްޓް ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އަޒީމާ ސަފީރުކަމުގެ ފަތްކޮޅު އެރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޒީމާ އަކީ ވަރަށް ގާބިލް އަދި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި އަޒީމާގެ ސަފީރުކަމުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް