މިފަހަރުގެ ޔޫއެފާ ޕްރެޒިޑެންޓް އެވޯޑް ޔުނައިޓެޑުގެ ލެޖެންޑް ކެންޓޯނާއަށް

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، އަދި ފްރާސްންގެ ކުރީގެ ފިލްމީތަރި އެރިކް ކެންޓޯނާ -- ފޮޓޯ// ޑެނިއެލް ލެވިސް

މެންޗެސްޓާ ޔުނައިޓެޑުގެ ރަމްޒުދާރެއް ކަމަށްވާ އެރިކް ކެންޓޯނާއަށް މިފަހަރުގެ ޔޫއެފާ ޕްރެޒިޑެންޓް އެވޯޑު ދޭން ނިންމައިފި އެވެ.

ފުޓުބޯޅައަށް މެދު ނުކެނޑި ހިދުމަތް ކުރުމުގައި މިސާލު ދައްކައި، އެ ކުޅިވަރު ޕްރޮމޯޓްކޮށް ކުރިއަރުވަން މަސައްކަތް ކުރަމުންދާ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޔޫއެފާއިން ކޮންމެ އަހަރަކުވެސް ދޭ "ޔޫއެފާ ޕްރެސިޑެންޓް އެވޯޑް" މިފަހަރު ދޭން ނިންމާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅެފައިވާ ކެންޓޯނާއަށް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، އަދި ފްރާންސުގެ ކުރީގެ ފިލްމީތަރި އެރިކް ކެންޓޯނާ -- ފޮޓޯ: ދަގާޑިއަން

މީގެ ކުރިން މި އެވޯޑް ލިބިފައިވާ ބޭފުޅުންނަކީ ބޮބީ ޗާލްޓޮން، ޑޭވިޑް ބެކަމް، އަލްފްރެޑޯ ޑި ސްޓެފަނޯ. ޔޯހާން ކައިރަފް އަދި ޔުސީބިއޯ އެވެ.

މި އެވޯޑަކީ ފުޓުބޯޅައިގެ ރޮނގުން ބޮޑެތި ކާމިޔާބީތައް ހޯދައި، ކުޅުން ހުއްޓާލުމަށްފަހު ވެސް ފުޓުބޯޅައަށް ހިދުމަތް ކުރުމުގައި ދެމި ހުންނަ ފަރާތްތަކަށް އިސްކަންދީގެން ދޭ އެވޯޑެކެވެ. މިފަހަރުގެ މި އެވޯޑް ކެންޓޯނާއާއި ހަވާލު ކުރާނީ މި ހަފްތާ ބުރާސްފަތި ދުވަހު ފްރާންސްގެ މޮނާކޯގައި އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ހަފްލާގެ ތެރޭގަ އެވެ.

"ކެންޓޯނާ އަކީ އޭނަގެ ބަހުގައި ވަރުގަދައަށް ހިފަހައްޓައި ވަކި ކޮޅަކަށް ނުޖެހި ބަސް ބުނާ މީހެއް. ފުޓުބޯޅައިގެ މައިދާނުގައި ހޯދި ގިނަ ކާމިޔާބީތަކާ އެކު އޭނާ މިހާރު ކުރަމުން އެދާ ހިދުމަތްތަކަކީ އަގުވަޒަން ކުރާން މުހިއްމު ކަމެއް." ޔޫއެފާގެ ޗީފް އެލެކްސެންޑަރާ ކެފެރިިން ވިދާޅުވެފައިވެއެވެ.

ކެންޓޯނާ އަކީ 26 އަހަރަށްފަހު މެންޗެސްޓާ ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީގުގެ ތަށްޓެއް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެއަށްފަހު އިތުރު ތިން ފަހަރަކު އެ ތަށި ޔުނައިޓެޑަށް ހޯދައިދީފަ އެވެ.

comment ކޮމެންޓް