ފިލި މައްސަލައިގައި އަދީބަށް ދައުވާކޮށްފި

އޮގަސްޓް 5، 2019: ރާއްޖެއިން ފިލައިގެން ދަނިކޮށް ހައްޔަރުކޮށްގެން ރަޢްްޖެގެނައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުސް އޮފީހަށް ހާޒިރު ކުރުމާއި، ބައްދައް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖޭގައި ހުރެފައި އިންޑިއާގެ ސޫތުކުޅިއަށް ފިއްލެވި މައްސަަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އަދީބު ފިއްލެވި މައްސަލައިގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދީބުގެ މައްޗަށް އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަދީބު ހިފެހެއްޓީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ. އަދީބު އަނބުރާ ރާއްޖެ ގެނައީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އަދީބުގެ މައްޗަށް ދައުވާކޮށްފައިވާއިރު އެ މައްސަލައިގައި "ވާގޯ 9" ދުއްވި ކެޕްޓަންއަށް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތް ވަނީ ހަދައިފައެވެ.

އޭނާ ރާއްޖެ ގެނައުމަށް ފަހު ވަނީ 15 ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް އަދީބުގެ މާބިންހުރާ މައްސަލައި ޝަރީއަތް ނިމެންދެން ފަހުން އޭނާ ވަނީ ބަންދުކޮށްފައެވެ.

މިހާރު އަދީބު ފިލި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަމައެކަނި މައްސަލައަކީ މާބިންހުރާގެ މައްސަލައެވެ. ދެން ހުރި މައްސަލަތައް ސުޕްރީމް ކޯޓުގެ މަރުހަލާގައި ބާތިލުކޮށްފައިވާއިރު ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ވަނީ އަނބުރާ ގެންގޮސްފައެވެ.

އަދީބު ވަނީ ޕީޖީއާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ފުލުހުންގެ ތަހުގީގަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގިނަ މައުލޫމާތުތަކެއް ދީފައެވެ.

comment ކޮމެންޓް