ނަސީރުގެ ސޮއިޖެހި ނޫޓުތައް ނެރުނީ މިދިޔަ އަހަރު

ނަސީރުގެ ސޮޔާއެކު ނެރުނު 10 އަދި 100ގެ ނޫޓުތައް-- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު 100 ރުފިޔާ އާއި 10 ރުފިޔާގެ ނޫޓުތަކެއް އިގްތިސޯދުގައި ދައުރުވަން ފަށާފައިވާއިރު، މިއީ ވަގު ނޫޓުތަކެއް ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަން ފަށައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފައިވަނީ ކުރީގެ ގަވަރުނަރު ނަސީރުގެ ސޮޔާއެކު ދައުރުވާ ނޫޓުތަކަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ތިނަކުން ފެށިގެން އިގްތިސޯދުގައި ދައުރުވަމުންދާ ނޫޓުތަކެއް ކަމަށެވެ.

https://sun.mv/109911

އެކަމާ ގުޅޭގޮތުން އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުވެސް ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނާ ހަވާލާދީ އިއްޔެ އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނި އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށްގެން 10 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި ފަސްވަނަ ދުވަހު ކަމަށާއި އެ ނޫޓުތައް އިގްތިސޯދުގައި ދައުރުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.

https://sun.mv/110156

މި ނޫޓުތަކުގައި ސޮއިކޮށްފައިވަނީ ކުރީގެ ގަވަރުނަރު ނަސީރު ކަމަށާއި މި ދެ ނޫޓުގައި ވާ ތާރީހަކީ 10 މާޗު 2018 ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މި ނޫޓުތަކާއެކު، އާ ނޫޓު ސެޓު ނެރުނު އިރު ގަވަރުނަރު ކަމުގައި ހުންނެވި އަޒީމާ އާދަމް ސޮއިކުރައްވާފައިވާ ނޫޓުތައްވެސް ދައުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް