އުކުޅަހުގެ ޓެކް ފެއާގައި އުރީދޫއިން ދައްކާލީ އެވީ އަދި މޫލީ

އުކުޅަހުގެ ޓެކްފެއާގައި އުރީދީން އެޕްއެއް ދައްކާލަނީ--- ފޮޓޯ: އުރީދޫ

އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ ޓެކްފެއާގައި އުރީދޫއިން، އެ ކުންފުނިން ތައްޔާރުކޮށްފައިވާ ދެ އެޕެއް ކަަމަށްވާ އެވީ އަދި މޫލީ ދައްކާލައިފިއެވެ.

އުރީދޫގެ އެސިސްޓެންޓް ސޮފްޓްވެއާ ޑިވެލޮޕާ އަހްމަދު ސޮބާހް "ސަން" އަށް ވިދާޅުވީ މޫލީއަކީ އޮންލައިން ސްޓޯއެއްގޮތަށ އީ ކޮމާސް ޕްލެޓްފޯމްއެއްގެ ހިދުމަތްތައް ލިބޭ އެޕެއް ކަމަށެވެ.

"މޫލީއިން ގަނެވޭނެ ސިމްކާޑާ ފޯނުވެސް. ދެން ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެހެން ވެންޑާސްވެސް މުލީއަށް ގެނެވޭތޯ މަސައްކަތް މިކުރަނީ." ސޮބާހު ވިދާޅުވިއެވެ.

އުރީދޫގެ ޓެކްފެއާގައި އުރީދޫގެ ސީއީއޯ ވާހަކަދައްކަަވަނީ-- ފޮޓޯ: އުރީދޫ

މޫލީ އެޕް އެޕް އެންމެ ފުރަތަމަ އުރީދޫއިން ދައްކާލީ ސްޕެއިންގެ ބާސެލޯނާގައި އޮތް ފެއާއެއްގައެވެ. މިދޔަ މަހު މޫލީ އެޕް ވަނީ ލޯންޗްވެސް ކޮށްފައެވެ. އަދި މިހާރު އެ އެޕް ޕްލޭސްޓޯރުން ޑައުންލޯޑްވެސް ކުރެވެއެވެ.

އުރީދޫއިން މިއަދު ދައްކާލި އަނެއް އެޕް އެވީ އަކީ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދިނުމަށް އުރީދޫއިން ހެދި ޑިޖިޓަލް ކެއާ އެސިސްޓަންޓު އެޕެކެވެ. އެވީގެ އެހީތެރިކަން، ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖަރ، ޓްވިޓަރ، ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެ ކަމަށެވެ.

މިއަދު އުކުޅަހުގައި ދައްކާލައިފައިވަނީ އެވީގެ ޑިމޯއެކެވެ.

ސޮބާހު ވިދާޅުވީ އެވީ ވަރަށް އަވަހަށް ލޯންޗްކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

comment ކޮމެންޓް