ފޯނަކާއި ދަބަހެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފި

މީގެ ކުރިން މާލޭގެ މަގުމަތިން މީހެއްގެ ދަބަސް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް

މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ފޯނާއި ދަބަސް ފޭރިގަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފާށަނާ ކިލެގެމަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ފޯނާއި ދަބަސް ފޭރިގަތް މީހަކު މިރޭ 6:40 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފޭރުމުގެ މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުވެސް ބިދޭސީ އަންހެނެއްގެ އަތްދަބަސް ފޭރިގަތް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ފޭރޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

comment ކޮމެންޓް