ސިފައިންގެ ވެރިންގެ ކޮންފަރެންސަށް ޝަމާލް ތައިލެންޑަށް

ޗީފް އޮފް ޑިފެނެސް ފޯސް އަބްދުﷲ ޝަމާލް: ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަނީ ތައިލެންޑަށް ފުރާވަޑައިގެންފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ތައިލެންޑްގައި މިމަހުގެ 26 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވުމަށްް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތައިލެންޑަށް ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާޢު ވިދާޅުވީ މެރިންކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނަލް ސަރވިސަސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ޙުސައިން ޢަލީއެވެ.

ތައިލެންޑްގައި ކުރިއަށްދާ އެ ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު މިމަހު 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވެސް ޝަމީލް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް