ނެޓްފްލިކްސްގެ ސުޕަހީރޯ ފިލްމެއް ޕްރިޔަންކާ ކުޅެނީ

ޕްރިޔަންކާ----

ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ނެޓްފްލިކްސްގެ ސުޕަހީރޯ ފިލްމެއް ކުޅެން އެއްބަސްވެއްޖެއެވެ.

ފިލްމު "އެލީޓާ: ބެޓްލް އެންޖެލް" ގެ ޑައިރެކްޓަރު ރޮބަޓް ރޮގްރިގޭޒް ޑައިރެކްޓްކުރާ ސުޕަހީރޯ ފިލްމަށް ޕްރިޔަންކާ މިހާރު ސޮއިކޮށްފައިވާއިރު އެ ފިލްމަކީ ކުޑަކުދިންނަށް ހާއްސަ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ.

ފެންޓަސީ ފިލްމު "ވީ ކޭމް ބީ ހީރޯސް" ގެ ނަމުން ނަންދީފައިވާ އެ ފިލްމުގައި ލީޑު ރޯލެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ފިރިހެން ތަރިއަކީ ސަންގް ކެންގް އެވެ.

ދެތަރިންގެ އިތުރުން ފިލްމުގައި ފެނިގެންދާނެ ބައެއް ތަރިންނަކީ ކްރިސްޓޯފާ މެކްޑޮނަލްޑް، ނަތަން ބްލެއާ، ޕެޑްރޯ ޕާސްކަލް، ޔާޔާ ގޮޒެލިން، އަކީރާ އަކްބަރު، އެންޑްރޫ ޑަޔަޒް، އެންޑީ ވަލްކެން އަދި ބޯއިޑް ހޮލްބްރޫކް އެވެ.

ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ދުނިޔެ އަށް ވެރިވެގަންނަ އޭލިއަނުންތަކެއް އިންސާނުންތަކެއް ކިޑްނެޕްކުރާ މަންޒަރު ފިލްމުން ފެނިގެންދާނެއެވެ. އަދި އޭލިއަނުންގެ ދުނިޔެ އަށް ގެންދަން ކުރާ މަސައްކަތުގެ ތެރޭގައި ހިނގާ ގިނަ ކަންތައްތަކެއްވެސް ފިލްމުން ފެނިގެންދާނެއެވެ.

comment ކޮމެންޓް