އުރީދޫއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ

ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި އެމްޕްލޯޔާ ބްރޭންޑިންގް އިންސްޓިޓިއުޓްއިން ދޭ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" އަދި "ޑިޖިޓަލް އެޗްއާރު ޓެކް ލީޑާޝިޕް" އެވޯޑު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މިއީ މި ދެ އެވޯޑު އުރޫދޫ އިން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. މި އެވޯޑުތަކާއި އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ ސީނިއާ މެނޭޖަރު، އޯގަނައިޒޭޝަން ޑެވެލޮޕްމަންޓް، ފަޒްނާ މަންސޫރެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސްއެވެ.

މި އަހަރުގެ ކޮންގްރެސް ބާއްވާފައި ވަނީ ސިންގަޕޫރުގައެވެ. އެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ.

ފުޅާ ދާއިރާއެއްގައި ޑިޖިޓަލް އަދި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސްގައި 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

comment ކޮމެންޓް