ޓްރީޓޮޕްއިން ކުރި އޮޕަރޭޝަން ކާމިޔާބުވެ އެއް ކަންފަތަށް އަޑުއިވެން ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގައިވެސް ވަރަށް މަދުން ނޫނީ ނުކުރާ ވަރުގެ ކަންފަތުގެ ބޮޑު އޮޕަރޭޝަނެއް ޓްރީޓޮޕްއިން ކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރު އިބްތިޝާމް އަހުމަދު ސައާދު "ސަން" އަށް ވިދާޅުވީ މިއީ ވަރަށް މަދު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ނޫނީ ކުރުމުގެ ގާބިލްކަންވެސް ލިބިގެންނުވާ އޮޕަރޭޝަނެއް ކަމަށެވެ.

"މެދު އުމުރުގެ އަންހެން ބޭފުޅެއް. ދެ ކަންފަތަށްވެސް އަޑެއް ނީވޭތާ 10 އަހަރު ވެއްޖެ. ލަންކާއަށް އިންޑިއާއަށްވެސް މީގެ ކުރިން ވަޑައިގަތް. އެކަމަކު ރަނގަޅެއް ނުވި،" އިބްތިޝާމް ވިދާޅުވިއެވެ.

އިބްތިޝާމް ވިދާޅުވީ އެ އޮޕަރޭޝަން ކުރީ މިދިޔަ މާޗް މަހުގައި ކަމަށެވެ.

އޮޕަރޭޝަން ކާމިޔާބުވުމުން ދެވަނަ ކަންފަތްވެސް އޮޕަޜޭޝަން ކުރަން ބޭނުންވާ ކަމަށްވެސް އިބްތިޝާމް ވިދާޅުވިއެވެ. އޮޕަރޭޝަން ކުރި މީހާ މިއަދު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ފޮލޮއަޕްއަކަށް ޒިޔާރަތްވެސްކޮށްފައެވެ.

ޓްރީޓޮޕްއިން މިހާރުވެސް ދަނީ އެންމެ ޒަމާނީ ގިނަ ފަރުވާތަކެއް ދެމުންނެވެ.

އެ ހޮސްޕިޓަލްގެ ފަރުވާތަކުގެ ވަކި ޕަސެންޓެއް އާސަންދައިން ކަވަރުކުރެއެވެ.

comment ކޮމެންޓް