ށ. އަތޮޅު ކައުންސިލުން އިސްލާމިކް ބޭންކުގެ ތިން މިލިއަން ރުފިޔާގެ ހިއްސާ ގަންނަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް --- ސަން ފޮޓޯ

އިސްލާމިކް ބޭންކްގެ ތިން މިލިއަން ރުިފޔާގެ ހިއްސާ ށ. އަތޮޅު ކައުންސިލުން ގަންނަން ނިންމައިފިއެވެ.

ށ. އަތޮޅުގެ ކައުންސިލްގެ ރައީސް މުހައްމަދު އާރިފް "ސަން" އަށް ވިދާޅުވީ އެ އަދަަދަށް ހިއްސާ ގަންނަން ކައުންސިލުން މިހާރު ފާސްކޮށް ނިންމައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިސްލާމިކް ބޭންކުން އެހާ ގިނަ އަދަދެއްގެ ހިއްސާ ގަންނަން ނިންމީ އެ ދާއިރާއަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރަމުންދާ ދާއިރާއަކަށް ވެފައި އޭގެން ނަފާ ނެރެވޭނެކަމަށް ބެލެވޭތީ ކަމަށެވެ.

"އަޅުގަނޑުމެން ހިއްސާ މި ގަންނަނީ ކައުންސިލްގެ ރިޒާވްގެ 30 ޕަސެންޓް ފައިސާ ބޭނުންކޮށްގެން. ދެން ހިއްސާ ގަންނަން ބޭންކާ ވަަރަށް އަވަހަށް ވާހަކަ ދައްކާނަން،" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މިހާރުވެސް އެ އަތޮޅުގައި އެކިއެކި އިޖުތިމާއީ ކަންކަމުގެ ޚަރަދުތަކަށް ތިން މިލިއަނެއްހާ ރުފިޔާ ކައުންސިލުން ކޮންމެ އަހަރަކުވެސް ހޭދަކުރާ ކަަމަށެވެ. އަދި އިސްލާމިކް ބޭންކުން އެހާ ގިނަ އަދަދެއްގެ ހިއްސާ ގަތުމުން އިތުރު 1.4 މިލިއަން ރުފިޔާ ކައުންސިލަށް ލިބޭނެކަމަށް ބެލެވޭ ކަަމަށްވެސް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މިހާރުވެސް އެ ކައުންސިލްގެ 160،000 ރުފިޔާގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްގައި ހުންނާނެ ކަމަށެވެ.

comment ކޮމެންޓް