އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބޭ އުރީދޫ "ސުވާލު ފޮށި" މުބާރާތް ފަށައިފި

އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމާއި އެކު، "ސުވާލު ފޮށި"ގެ ނަމުގައި، އެސްއެމްއެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން އިއްޔެ ފަށައިފި އެވެ.

އުރީދޫ އިން ބުނީ ސުވާލު ފޮށި މުބާރާތް އެކި ލެވެލްތަކަށް ބެހިގެންދާ ކަމަށާއި، ބައިވެރިންގެ އަމާޒަކަށް ވާނީ، މުބާރާތުގައި އަހާލެވޭ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމަށެވެ.

ހަތަރު ހަފްތާއަށް ކުރިއަށްދާ ސުވާލު މުބާރާތުގައި ކޮންމެ ހަފްތާއަކުވެސް ލީޑާބޯޑުގައި އެންމެ ކުރި ހޯދާފައިވާ ތިން ކުޅުންތެރިންނަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގް ގެލެކްސީ އެސް 10 އަދި ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގް ގެލެކްސީ އެމް 20 އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ބަޑްސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެ ކުއިޒްގައި ބައިވެރިވާން ޖެހެނީ، “GO“ ޖެހުމަށް ފަހު 4646 އަށް އެސްއެމްއެސް ކުރާށެވެ.

comment ކޮމެންޓް