ރައީސް މައުމޫން އަތުން 29 މިލިއަން ރުފިޔާ ނުލިބިގެން ޖާބިރު ޕޮލިހަށް

ޖާބިރު އަދި ރައީސް މައުމޫން--- ސަން ފައިލް ފޮޓޯ

ރައީސް މައުމޫންގެ އަތުން 29 މިލިއަން ރުފިޔާ ނުލިބިގެން ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ޖާބިރު ފުލުހުންނަށް ހުށެހެޅި ސިޓީ ވަނީ ޓުވީޓާގައި އާންމުކޮށްފަ އެވެ.

ޖާބިރު މީގެ ކުރިން ބުނީ އެ ފައިސާތަކަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މައުމޫން އޭނާގެ އަތުން ނެންގެވި ފައިސާތަކެއް ކަމަށެވެ.

އެ ފައިސާތައް ނުލިބިގެން ޖާބިރު ވަނީ މިދިޔަ ނޮވެމްބަރުމަހު މައުމޫންއަށް ސިޓީއެއްވެސް ފޮނުއްވައިފައެވެ. އެ ސިޓީ ޓުވިޓާގައިވެސް ޖާބިރު އާންމުކުރެއްވިއެވެ. ޖާބިރު ވިދާޅުވީ އެ ފައިސާތައް މައުމޫންއަށް ދެއްވީ ކިނބިގަސްދޮށުގެ މޯގޭޖްކުރައްވައި، އިންޓަރެސްޓް އަރާގޮތަށް ލޯނެއްގެ ގޮތުގައި ކަމަށެެވެ.

ޖާބިރުގެ ވާހަކަތަަކަށް ރައްދު ދެއްވައި ރައީސް މައުމޫންގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވަނީ އެ ވާހަކަތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. އަދި އެމްއާރުއެމްގެ އެއްވެސް މީހަކަށްވެސް ޖާބިރުގެ ފަރާތުން ފައިސާތަކެއް ނުލިބޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ނަމަވެސް ޖާބިރު ވިދާޅުވީ އެ ފާއިސާތައް ހަވާލުކުރި ގޮތާއި އެއާ ހަވާލުވި ފަރާތްތަކާ އެންމެހާ ތަފްސީލްތައް ޑޮކިއުމަންޓްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް