އެޑްވަޓޯރިއަލް: އަގުހެޔޮ، ރަނގަޅު ސިއްހީ ހިދުމަތަކަށް ރާޖަގިރި ހޮސްޕިޓަލް

ރާޖަގިރި ހޮސްޕިޓަލު -- ފޮޓޯ/ ރާޖަގިރި ހޮސްޕިޓަލް

ދިވެހީން ޒަމާނުއްސުރެ ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކޮށް އުޅޭ އިރު، އެންމެ ގިނަ ބަޔަކު ގޮސް އުޅެނީ ދެކުނު އިންޑިއާގެ ސިޓީތަކުގެ ހޮސްޕިޓަލުތަކަށެވެ. އޭގެ ތެރޭގައި ތިރުވަނަންތަޕޫރަމާއި ކޮޗިން ޚާއްސަކޮށް ފާހަގަކޮށްލެވެ އެވެ. އެހެން ނަމަވެސް ގިނަ ހޮސްޕިޓަލުތަކުން ރަނގަޅު ފެންވަރުގެ ބޭސްފަރުވާ ހޯދުމަކީ ނިސްބަތުން އަގު ބޮޑު ކަމެކެވެ.

އެހެން ނަމަވެސް ކޮޗިންގައި ހުންނަ ރާޖަގިރި ހޮސްޕިޓަލަކީ ތަފާތު ތަނެކެވެ: އެ ހޮސްޕިޓަލު ހިންގަނީ އެންމެ ރަނގަޅު ފެންވަރުގައި، އަދި އެންމެ އާންމު މީހާއަށް ވެސް އަތްފޯރާނެ އަގުގަ އެވެ.

"މި ޒަމާނުގައި ސިއްހީ ފަރުވާ ހުރީ އާންމު މީހާއަށް އަތްފޯރާނެ ހިސާބުގައެއް ނޫން. ކޮލިޓީ ސިއްހީ ފަރުވާ ދެވެނީ ފަހުގެ ޓެކްނޮލޮޖީއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް.އެކަމަކު އާންމު ރައްޔިތަކަށް ކިހިނެއް އެފޯޑު ކުރެވޭނީ؟"

ރާޖަގިރި ހޮސްޕިޓަލުގެ ސީއީއޯ ޖޯންސަން ވަޅައްޕިލި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންވެ އަޅުގަނޑުމެންގެ ހޮސްޕިޓަލު ހިންގަނީ އިޖުތިމާއީ ވިސްނުމެއްގައި، ރަނގަޅު ފެންވަރުގައި. އަޅުގަނޑުމެން މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ފެސިލިޓީތަކާއި ހިދުމަތްތައް އެންމެ އާދައިގެ މީހާއަށް ވެސް އެފޯޑުކުރެވޭ ވަރު ކުރުމަށް،" ކޮޗިންގެ ރާޖަގިރި ހޮސްޕިޓަލުގެ ސީއީއޯ ޖޯންސަން ވަޅައްޕިލި ސަންއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ހުޅުވި ރާޖަގިރި ހޮސްޕިޓަލަކީ 500 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓާޝަރީ ހޮސްޕިޓަލެކެވެ. އެއް ފުރާޅެއްގެ ދަށުން މެޑިކަލް، ޑައިގްނޮސްޓިކް، ތެރަޕިއުޓިކް، ރީހެބިލިޓޭޓިވް އަދި ޕްރިވެންޓިވް ކެއާގެ އެކި ފަރުވާތައް މިތަނުން ފޯރުކޮށްދެ އެވެ.

ރާޖަގިރި ހޮސްޕިޓަލުގެ ޔުރޮލޮޖީ އޮޕަރޭޝަން ތިއޭޓަރު -- ފޮޓޯ/ ރާޖަގިރި ހޮސްޕިޓަލް

"މި ހޮސްޕިޓަލުން 40 އަށް ވުރެ ގިނަ ސްޕެޝަލައިޒްޑް ސިއްހީ ހިދުމަތް ދޭނެ. ރީނަލް، ލިވާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓްސް ހެދޭނެ. ކޮނޑާއި މައިބަދައިގެ ސާޖަރީ، އަދި ކަކުލާއި އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ވެސް ކޮށްދެން. މީގެ އިތުރުން އިންޓަވެންޝަންގެ ދާއިރާގައި ވެސް ގިނަ ހިދުމަތްތަކެއް ދެން. ނިއުރޮއިންޓަވެންޝަން ސެގްމެންޓުގައި އެބަހުރި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އެކްސްޕަޓީސް،" ރާޖަގިރި ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާންމު ބައްޔެއް ކަމުގައިވާ ތެލެސީމިއާއަށް ރާޖަގިރި ހޮސްޕިޓަލުން ފަރުވާ ލިބޭނެ އެވެ. އެއީ އެ ހޮސްޕިޓަލުގައި ފެންވަރު ރަނގަޅު ހެމަޓޮއޮންކޮލޮޖީ ޑިޕާޓްމަންޓެއް ހުރެފައި، އެތަނުގެ ހިދުމަތްވެސް އެހާ ފުރިހަމަވުމުންނެވެ.

ރާޖަގިރި ހޮސްޕިޓަލުގެ ބައި ޕްލޭން ކެތު ލެބް -- ފޮޓޯ/ ރާޖަގިރި ހޮސްޕިޓަލް

"ރާއްޖޭގައި ތެލެސީމިޔާ ބަލި ހުންނަ މީހުންގެ އަދަދު ނިސްބަތުން ގިނަ. ތެލެސީމިއާ ބައްޔަށް ފަރުވާދޭ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ހޯދުމަކީ އިންޑިއާގައި ވެސް އުނދަގޫ ކަމެއް. އެކަމަކު އަޅުގަނޑުމެން ދޭ ޔަގީންކަމަކީ ރާޖަގިރި ހޮސްޕިޓަލުންދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެކަން،"

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދެމުންދާ ރާޖަގިރި ހޮސްޕިޓަލުގައި 12 އަލްޓްރާ މޮޑާން އޮޕަރޭޝަން ތިއޭޓަރު ހުރެ އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ސްޓޭންޑާޑްގެ ހައިބްރިޑް އޮޕަރެޝަން ތިއޭޓަރެއް ވެސް ހިމެނެ އެވެ. އޯޕަން، އެންޑޮސްކޯޕިކް، ލެޕަރޮސްކޯޕިކް އަދި ރޮބޮޓިކް، އިމޭޖް ގައިޑެޑް އޮޕަރޭޝަންތައް އެ ހޮސްޕިޓަލުން ކުރެވެ އެވެ.

ރާޖަގިރި ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓަކީ ފުލް ފްލެޖުގައި ހުރިހާ ހިދުމަތަަކާ އެކު ހިންގާ ޑިޕާޓްމެންޓެކެވެ. އެންމެ ޒަމާނީ އެމއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިންތަކުގެ އެހީގައި އެ ޑިޕާޓުމެންޓުގެ ހިދުމަތްދޭ އިރު އިލެކްޓްރޯ ނިޔުރޯ ސައިކޮލަޖީ ލެބްގެ ހިދުމަތާއި ޓްރެޑިޝަނަލް މެޑިސިންގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ލިބޭނެ އެވެ.

ރާޖަގިރި ހޮސްޕިޓަލުގެ ކާޑިއެކް އޮޕަރޭޝަން ތިއޭޓާރު -- ފޮޓޯ/ ރާޖަގިރި ހޮސްޕިޓަލް

ރާޖަގިރި ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލުން މީގެ ކުރިން ޕާޓްނަޝިޕް ހަދަމުން ދިޔައީ މެދުއިރުމައްޗާއި އެފްރިކާ ގައުމުތަކުގެ ހޮސްޕިޓަލުތަކާއެވެ. ނަމަވެސް ރާއްޖޭގެ ހިޔާލު އައީ، ސިއްހީ ދާއިރާއާ ގުޅޭ ބައްދަލުވުމެއްގައި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުވުމުން ކަމަށެވެ.

އެއާއެކު އެ ހޮސްޕިޓަލުގެ ވަފުދެއް މިދިޔަ މަހު ރާއްޖެ އައިސް، ސަރުކާރާއި ސިއްހީ ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުކުރިއެވެ. އެ މަޝްވަރާތަކުގެ ތެރެއިން ފާހަގަވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެންމެ ފަސޭހައިން ފޯރުކޮށްދެވޭނެ އެހީއަކީ ޓެލެމެޑިސިން ހިދުމަތް ފެށުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ދިވެހި ސަރުކާރުން އަޅުގަނޑުމެންނަށް އެއްބާރުލުން އެބަ ދެއްވާ. ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ޕްލޭންތައް އެބައޮތް ކަން އެނގޭ،"

ރާޖަގިރި ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ޔުނިޓް -- ފޮޓޯ/ ރާޖަގިރި ހޮސްޕިޓަލް

ސަރުކާރުގެ އިތުރުން ރާއްޖޭގައި ހިންގާ އަމިއްލަ ކްލިނިކްތަކާއެކުވެސް ރާޖަގިރި ހޮސްޕިޓަލުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

"ޓެލެމެޑިސިންގެ އެހީގައި ކްލިނިކުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ އުންމީދު،" އޭނާ ވިދާޅުވިއެވެ.

ޓެލެމެޑިސިންގެ އިތުރުން ޑޮކްޓަރުންނާއި ކްލިނިކަލް ސްޓާފުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމާއި، އޮޕަރޭޝަނަލް ކަންކަމުގައި ހޮސްޕިޓަލުތަކަށް ރާޖަގިރި ހޮސްޕިޓަލުން ކޮންސަލްޓަންސީއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރިކަމަށް އެތަނުގެ ސީއީއޯ ވިދާޅުވިއެވެ.

comment ކޮމެންޓް