އުރީދޫއިން ގެލެކްސީ ނޯޓް 10ގެ ޕްރީ އޯޑަރަށް ހުޅުވާލައިފި

އުރީދޫ އިން ގެލެކްސީ ނޯޓް 10ގެ ޕްރީ އޯޑަރަށް ހުޅުވާލުން ---

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ސެމްސަންގް ގެލެކްސީ ނޯޓް 10ގެ ޕްރީ އޯޑަރަށް އުރީދޫ އިން ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ އިން ވަނީ ކޮންމެ މަހަކު ވެސް ކުޑަ އަގެއް ދައްކައިގެން އިންސްޓޯލްމެންޓަށް ނޯޓް 10 ނެގޭނެ ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން މަހަކު 1،110 ރުފިޔާ ދައްކަން ޖެހޭ، 12 މަހުގެ އިންސްޓޯލްމެންޓް ޕެކޭޖުގެ ދަށުން އުރީދޫގެ "ޕޯސްޓްޕެއިޑު 200" އިން މަތީގެ ޕެކޭޖުތަކަށް ފޯނު ނެގޭނެ އެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ދައްކަންޖެހޭނީ 2،999 ރުފިޔާ އެވެ.

އިންސްޓޯލްމެންޓް ޕްލޭނަށް ފޯނު ނަގާ ނަމަ، 256 ޖީބީގެ ގެލެކްސީ ނޯޓް 10 އަށް މަހަކު ދައްކަން ޖެހޭނީ 1،110 ރުފިޔާ އެވެ. އަދި 256 ޖީބީގެ ނޯޓް 10 ޕްލަސް ނަމަ މަހަކު ދައްކަން ޖެހޭނީ 1316.67 ރުފިޔާ އެވެ.

މީގެ އިތުރުން ފުލް ޕޭމެންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ފޯނު ގަނެވޭނެ އެވެ. މި ޕްލޭންގެ ދަށުން ގެލެކްސީ ނޯޓް 10ގެ ފޯނުގެ އަގު އުޅެނީ 15،899 ރުފިޔާ އަށެވެ. ގެލެކްސީ ނޯޓް 10 ޕްލަސްގެ އަގު އުޅެނީ 18،399 ރުފިޔާ އަށެވެ.

އިންސްޓޯލްމެންޓް އަދި ފުލްޕޭމެންޓް ޕެކޭޖަށް ވެސް އެއް އަހަރުވަންދެން އެއް ޖީބީގެ ޑޭޓާ ކޮންމެ މަހަކު ލިބޭނެ އެވެ.

comment ކޮމެންޓް