ދިޔަވަރު ބޮޑުވާގަޑީގައި އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޅ. ކުރެންދޫއަށް މިރޭ އުދަ އަރަނީ--- ފޮޓޯ: ޕޮލިސް މީޑީއާ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާފާނެތިީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިރޭ 08:00 އިން ފެށިގެން މާދަމޭ ރޭ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ބުނީ މިރޭ ޅ. ކުރެންދޫ އަށާއި ހއ. ދިއްދުއަށް އުދަ އަރަމުންދާތީ އެ ދެ ރަށުގެ ކައުންސިލްއާ ގުޅިގެން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އުދަ އެރި ދެ ރަށުގައި ސީރިއަސް ގެއްލުންތަކެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާރު ހިނގަމުންދާ ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދޭތެރޭއިން ވިއްސާރަ ދަނީ ކުރަމުންނެވެ.

comment ކޮމެންޓް