ގައުމީ ޓީމަށް އާ ފިޓްނަސް ކޯޗެއް ހަމަޖައްސައިފި

ގައުމީ ޓީމްގެ އާ ފިޓްނަސް ކޯލު މިރުކޯ ކުރުނިޗު---

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އާ ފިޓްނަސް ކޯޗެއް ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ އާ މެނޭޖަރު ޔާމީން އިބްރާހިމް (ޔާންބެ) "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާ ފިޓްނަސް ކޯޗަކަށް ހަަމަޖެއްސީ މޮންޓެނީގްރޯއަށް ނިސްބަތްވާ މިރުކޯ ކުރުނިޗް ކަމަށެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސީ މި މަހު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މީގެ ކުރިން އެ މަގާމުގައި ހުރީ ވެސް މޮންޓަނީގްރޯއަށް ނިސްބަތްވާ ބޭފުޅެކެވެ. އެއީ ވްލަޑިމިއާ ކުރުނިޗް އެވެ. އޭނާގެ ކޮންޓްރެކްޓް މިހާރު ހަމަވެފައިވާ ކަަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ގައުމީ ފުޓްބޯޅަ ޓީމުން މިހާރު ތައްޔާރުވަމުން ދަނީ ވޯލްޑްކަޕް ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށް ކަމަށެވެ. އެގޮތުން ގުއާމްއާއި ޗައިނާއާ އެކު މެޗެއް ކުޅުމަށް މިހާރު ތައްުޔާރުވަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ގުއާމްއާ ދެކޮޅަށް ކުޅޭ މެޗް އޮންނާނީ އެގައުމުގައި އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. އަދި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗް އަންނަ މަގު 10 ވަނަ ދުވަހު މާލޭގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް