ރާއްޖޭގެ ފުރަތަމަ ގައިނޮކޮލޮޖިސްޓުގެ ޕެއިންޓިން އެގްޒެބިޝަން ރައީސް ހުޅުއްވައިދެއްވައިފި

ނާއިލާގެ އެގްޒިބިޝަން ރައީސް ބައްލަވާ ލައްވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން

ރާއްޖޭގެ ފުރަތަމަ އޮބްސްޓެޓްރިޝަން އަދި ގައިނެކޮލޮޖިސްޓް ނާއިލާ އިބްރާހިމް ދީދީގެ އެގްޒިބިޝަންގެ އާޓް އެގްޒިބިޝަންއެއް މިއަދު ހުޅުވައިފިއެވެ.

އާޓް ގެލެރީގައި މިއަދު ހަވީރު ފެށި އެ އެގްޒިބިޝަން ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

ނާއިލާ މީގެ ކުރިންވެސް ވަނީ 90 އިގެ އަހަރުތަކުގެ ތެރޭގައި ވަނީ އެގްޒިބިޝަންތަކެއް ބާއްވައިފައެވެ. މިއީ ނާއިލާގެ ތިން ވަަނ އެގްޒިބިޝަންއެވެ.

ނައިލާގެ އެގްޒިބިޝަންގެ ފޮޓޯއެއްް--ސަން ފޮޓޯ: އަހުމަދު އަވުޝަން

ނާއިލާ "ސަން" އަށް ވިދާޅުވީ މިއަދު ފެށި އެގްޒިބިޝަންގައި 50 އެއްހާ ޕެއިންޓިންތައް ހިމެނޭ ކަމަށެވެ.

ނާއިލާ ވިދާޅުވީ އެގްޒިބިޝަންގެ ބައެއް ކުރެހުންތައް ކުރެހިތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

ނައިލާގެ އެގްޒިބިޝަންގެ ފޮޓޯއެއްް--ސަން ފޮޓޯ: އަހުމަދު އަވުޝަން

އެ އެގްޒިބިޝަން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށްވެސް ނާއިލާ ވިދާޅުވިއެވެ.

ނާއިލާގެ ކުރެހުންތަކުގައި ބޮޑަށް އަލިއަޅުވާލައިފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތި މަންޒަރުތަކުގެ މައްޗަށެވެ. ނާއިލާ ވިދާޅުވީ އޭނާއަށް ރާއްޖެއިން އެންމެ ބޮޑަށް ރީތީވެސް ކަނޑު އަޑީގެ މަންޒަރުތައް ކަމަށެވެ.

comment ކޮމެންޓް