ކެންސަރުގެ ސްޕެޝަލިސްޓް ޑޮކްޓަރެއް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ޑރ. ރަންޖީތު ކުމާރު--- ފޮޓޯ: އައިޖީއެމްއެޗް

ކެންސަރު ބަލީގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު ރަަންޖީތު ކުމާރު އައިޖީއެމްއެޗްގައި ދެ ދުވަހުގެ މުއްދަތަށް ބަލިމީހުން ބައްލަވަން ފައްޓަވައިފިއެވެ. މި ގޮތުން އޭނާ އައިޖީއެމްއެޗުގައި ހޮސްޕިޓަލްގައި ފަރުވާ ދެއްވާނީ މިއަދާއި މާދަމާއެވެ.

އައިޖީއެމްއެޗްއިން ބުނީ ރަންޖީތުއަކީ އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލްގެ އޮންކޯ ޑޮކްޓަރެއް ކަމަށެެވެ.

މި ފަހަރުގެ އިތުރުން އަންނަ މަހު 24 އިން 26 އަށް އަދި އޮކްޓޯބަރު މަހު 08 އިން 12 އަށާއި އޮކްޓޯބަރު މަހު 22 އިން 24 އަށް ވެސް ވެސް ޑރ. ރަންޖީތު އައިޖީއެމްއެޗުގައި ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

އައިޖީއެމްއެޗްއިން ބުނީ ކުރިއެކޭ ވެސް އެއްފަދައިން ޑރ. މުހައްމަދު ޝިފާން އައިޖީއެމްއެޗްގައި ކެންސަރާ ބެހޭ ސާޖަރީތަކާއި ކީމޯގެ ހިދުމަތްތައް ދެއްވާނެކަމަށެވެ.

comment ކޮމެންޓް