ވޯލްޑްބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީ

ފޮޓޯ/ ވޯލްޑްބޭންކް

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއާއި ވޯލްޑް ބޭންކާއެކު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ފަރާތުން ރާއްޖެއަށާއި ނޭޕާލް އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އިދާ ސްވަރާއީ ރީޑިއޯ އެވެ.

މި އެއްބަސްވުމުގެ ދަށުން ޕަބްލިކް ފައިނޭންސްސިން ފްރޭމްވޯކު ހަރުދަނާ ކުރުމަށް 20 މިލިއަން ޑޮލަރުގެ އެހީ ދޭނެއެވެ. މީގެ އިތުރުން ގުދުރަތީ ހާދިސާތަކާއި ބަލިމަދުކަމުން އަރައިގަތުމުގައި މާލީ ގޮތުން ރާއްޖެ ވަރުގަދަ ކުރުމުގެ މަސައްކަތަށް (ޕެންޑެމިކް އެމަޖެންސީ) 10 މިލިއަން ޑޮލަރުގެ އެހީ ވަނީ ދީފައެވެ.

ވޯލްޑް ބޭންކުން ބުނީ މެކްރޯއިކޮނޮމިކް އަދި ހިއުމަން ކެޕިޓަލް އިންޑިކޭޓާސްގައި ރާއްޖެ ކުރިއެރުން ހޯދާފައިވާ ކަމަށެވެ. ރާއްޖެ އުފެދިފައިވާގޮތުން ގުދުރަތީ ކާރިސާއެއް ކުރިމަތިވެއްޖެނަމަ ލިބޭ ގެއްލުމުން އަރައިގަތުން ގޮންޖެހުމަކަށް ވާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް