ޕްރައިވަޓައިޒޭޝަން ބޯޑުން ނިޒާރު އިސްތިއުފާ ދެއްވައިފި

ދައުލަތުގެ ބަޖެޓު ދިރާސާ ކޮމެޓީގައި ނިޒާރު(ކ) ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޮޑުގެ ރައީސް މުހައްމަދު ނިޒާރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީބީސީ ބޯޑަށް އައްޔަނު ކުރެއްވި ނިޒާރު މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ ޓްވިޓާގައެވެ.

ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފަސް އަހަރާއި 26 ދުވަހަށްފަހު ޕްރައިވަޓައިޒޭޝަން ބޯޑުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ގައުމީ ހިދުމަތުގައި 34 ހޭދަ ކުރެވިއްޖެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވަނީ ދިވެހި ސަރުކާރަށާއި ޕްރައިވަޓައިޒޭޝަން ބޯޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.

https://sun.mv/122253

ނިޒާރު ޕްރައިވަޓައިޒޭޝަން ބޯޑުން އިސްތިއުފާ ދެއްވިއިރު އެ ބޯޑުގައި ތިއްބެވި މެންބަރުން ބަދަލު ކުރުމަށް މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ އާންމުން ދަނީ ގޮވާލަމުންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު ރައީސް އެވެ. ބޯޑުގެ ރައީސާއި ނައިބު ރައީސްވެސް މަޖިލީހުގެ ރުހުމާއެކު އައްޔަނު ކުރަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

comment ކޮމެންޓް