ބޫޓާން ލަވަކިޔުންތެރިޔާގެ "ޗާލޭ" މާ ޗާލު

ޗާލޭގެ ކަވާ ލަވަ ބޫޓާންގެ ލަވަކިޔުންތެރިންތަކެއް ހުށަހަޅާދެނީ---

ޓްރިއޯ ބޭންޑުގެ ކުރީގެ ލަވަކިޔުންތެރިޔާ މޫސާ ޝިފާއު ހިތްގައިމުކޮށް ކިޔާލާފައިވާ "ޗާލޭ"ގެ ކަވައެއް ބޫޓާންގެ ލަވަކިޔުންތެރިންތަކެއް ކިޔައިދީފި އެވެ.

ޔޫޓިއުބަށް މިހާރު ދޫކޮށްލައިފައިވާ އެ ލަވަ ކިޔައިދީފައިވަނީ ބޫޓާންގެ ޔޫޓިއުބް ޗެނަލްއެއް ކަމަށްވާ އެމްސްޓޫޑިއޯބޫޓާންއިންގެ ތިން ލަވަކިޔުންތެރިންނެވެ.

މިދިޔަ ހަފްތާގައި ޔޫޓިއުބަށް ދޫކޮށްލި އެލަވައަށް މިހާރުވެސް ދިވެހި ގިނަބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

އެ ލަވަ މިހާރުވެސް 5500 އަށް ވުރެ ގިނަ ވިއުސް ޔޫޓިއުބުގައި ވަނީ ލިބިފަ އެވެ.

ލަވައަށް ކޮމެންޓު ކުރި ބައެއް ދިވެހިން ވަނީ ބޫޓާންގެ ލަވަކިޔުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފައެވެ.

އެގޮތުން ބައެއް މީހުން ބުނީ އެ ލަވައިގެ އަސްލު ލަވަޔަށްވުރެވެސް ބޫޓާންގެ ކަވާ ލަވަ މާ ރީތި ކަމަށެވެ.

މީގެ ކުރިންވެސް ބޭރުގެ ބައެއް ފަރާތްތަކުން ވަނީ އެ ލަވައަށް ކަވާ ތައް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކުގައި ލަވަ ހުށަހަޅައިދެމުން އަންނަ "އޯވާ ދަ މޫން" ޑުއާ އިން ކީ ޗާލޭގެ ކަވާ ފާހަގަކޮށްލެވެ އެވެ. މިއީ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ލަވައެކެވެ.

comment ކޮމެންޓް