ދޮންބައްޕަ 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މައްސަލަ ހުށަހެޅި ފަރާތުން މިއަދު ކުރި ޓުވީޓުތަކެއްގައި ބުނެފައި ވަނީ އެކުއްޖާއަށް ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ތިން އަހަރު ވެފައިވާ ކަމަށާއި، އެކުއްޖާ ވެސް މިހާރު ފުލުހުންނަށް ބަޔާން ދީފައިވާ ކަމަށެވެ.

އަދި މައްސަލަ ތަހުގީގު ކުރަން އޮފިސަރެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ކަމަށާއި، ނަމަވެސް އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ބުނެ 119 އިން އޭނާއަށް މެސެޖެއް ލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ.

"ދެން އަހަރެން ދިޔައީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެކަމުގެ ޝަކުވާ ކުރަން. ދިއުމުން ބުނީ އެއީ އޮޅުމެކޭ ބުދަ ދުވަހު އައިއޯ އެއް ހަމަޖައްސާފައޭ ވަނީ ކޭސް އަށް،" އޭނާ ބުންޏެވެ.

My experience with @policemv regarding the child abuse case of my family member. I am forced to go public with it due to the nature of the police investigation @m_hameedh @shimranab @shidhatha 1/

— Naai

comment ކޮމެންޓް