އަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީއަށް 259 މައްސަލަ

އޭސީސީގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި 259 މައްސަލަ ރެޖިސްޓްރީ ކުރިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީ އިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅި ރެޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ނިންމާފައިވަނީ 251 މައްސަލައެވެ.

އެ ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭ މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް އެހެން އިދާރާތަކަށް ފޮނުވާފައިވާކަމަށް ވެސް އޭސީސީ އިން ބުނެއެވެ.

އަދ އޭސީސީގެ މެންޑޭޓަށް ނުފެތޭތީ އާއި އެކަށީގެންވާ މައުލޫމާތު ނުލިބޭތީ މިއަހަރުގެ ދެވަނަ ކުއާޓާރުގައި 44 މައްސަލައެއް ނުބަލައި ދޫކޮށްލުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އޭސީސީ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެންމެ ގިނައަދަދަކަށް އެ ކޮމިޝަނަށް ހުށަހެޅި ރެޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައް ކަމަށެވެ. މީގެ އިތުރުން ވަޒީފާއާ ގުޅޭ މައްސަލަތަކާއި ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިމާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިހާބު އަދި ކެމްޕޭންތަކާ ގުޅޭ މައްސަލަތައްވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީގައި ރެޖިސްޓްރީ ކުރެވިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

comment ކޮމެންޓް