އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އަންނަމަހު އައްޑޫގައި

މީގެ ކުރިން ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްއެއްގެ ތެރެއިން--- ފޮޓޯ: ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން

ރާއްޖޭގައި ބާއްވަމުން އަންން އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

މިއީ އައްޑޫ ސިޓީގައި އެ ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ ކޮންފަރެންސް އިންތިޒާމް ކުރާ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު ޝުހުދާ ރިޒްވާން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޮންފަރެންސް އޮންނާނީ އަންނަ މަހު ހަތަރެއް އަދި ފަހެއްގައި ކަމަށެވެ.

އެ ކޮންފަރެންސް ބޭއްވުމަަށް ހަމަޖައްސައިފއިވަނީ އައްޑޫ ސިޓީ ހިތަދޫގެ ޝަރަފުއްދީން ސްކޫލްގައެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެސް އެންމެ ފުރަތަމަ ބާއްވައިފައިވަނީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ބާއްވަމުން އަޔަސް ފަހުން އެ ކޮންފަރެންސް ބާއްވަމުން އައިސްފައިވަނީ ދެ އަހަރު އެއް އަހަރުއެވެ.

ޝުހުދާ ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްއަށްވެސް ވަރަށް ގިނަ ކަރުދާސްތަކެއް ހުށަހެޅި ކަމަށާއި އެހެން ނަަމަވެސް ރިވިއު ކުރުމަށް ފަހު ނަގައިފައިވަނީ އެންމެ 98 ކަރުދާސް ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ " އެޑިއުކޭޗަން އިން ދަ ގްލޯބަލް އެންޑް ނެޗުރަލް އިންޑިވިޖުއަލް ކޮންޓެންޓް"އެވެ.

ޝުހުދާ ވިދާޅުވީ މި އަހަރުގެ ކޮންފަރެންސްގައި އިންޑިއާ، ސްރީލަންކާ، އިނގިރޭސިވިލާތް، ސިންގަޕޫރު އަދި ބްރެޒިލްގެ ޓީޗަރުން ބައިވެރިވާ ކަމަށެވެ.

" މިއަހަރުގެ ކޮންފަރެންސްގައި 250 ޓީޗަރުން ބައިވެރިވާނެ." ޝުހުދާ ވިދާޅުވިއެވެ.

comment ކޮމެންޓް