ނެއްލައިދޫގައި ކުޅުނު މެޗެއް ހޫނުވެ މާރާމާރީ ހިންގައިިފި

ހދ. ނެއްލައިދޫ

ހދ. ނެއްލައިދޫގައި ކުޅުނު ފުޓްބޯޅަ މެޗެއް ހޫނުވެ މާރާމާރީ ހިންގައިިފިއެވެ.

ނެއްލައިދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އިލްހާމް "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރު އެ ރަށުގައި ކުޅުނު ސެމީ ފައިނަލް މެޗެއްގެ ތެރެއިން ކަމަށެވެ.

އެ މެޗް ކުޅެފައިވަނީ އެރަށުގެ އެފްސީ ފްރެންޑްސް ކިޔާ ޓީމަކާއި އެފްސީ ދުއްމާރި ނަމަކަށް ކިޔާ ޓީމަކާ ދެމެދުގައެވެ.

"މެޗްގައި އެފްސީ ފްރެންޑްސްއިން ގޯލެއް ޖެހުމުން އިދިކޮޅު ޓީމުން އެ ގޯލެއް ކަމަކަށް ނުބެލި ބުނީ އޮފްސައިޑޭ. ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަަމަށް. އެކަމާ ރުޅިއައިސްގެން ހަމަނުޖެހުން ހިންގީ،" އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި ކުޅުންތެރިންނަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ. އަދި ތަކެއްޗަކަށްވެސް ގެއްލުމެއް ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އީދުގައި ހއ. ދިއްދޫގައި ކުޅުނު މެޗެއް ހޫނުވެ އެރަށުގައިވެސް ވަނީ މާރާމާރީ ހިންގައިފައެވެ. އެ ހާދިސާގައި އެ މެޗް ކުޅުނު ދަނޑުގެ ތަކެއްޗަށްވެސް ގެއްލުން ލިބުނެވެެ.

comment ކޮމެންޓް