ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް އެކްސިޑެންޓުވެ ގެއްލުންތަކެއް ލިބެއްޖެ

ހުޅުމާލޭގއި ބާރަށް ދުއްވި ޕިކަޕް އެކްސިޑެންޓްވެފައި--- ފޮޓޯ: ޕޮލިސް މީޑިއާ

ބާރު ސްޕީޑެއްގައި ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ހުޅުމާލެ ހައިވޭގައި އެކްސިޑެންޓްވެ ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޕިކަޕެއް ކޮންޓްރޯލް ނުވެ ހައިވޭގެ މަގުގެ އަރިމަތީ ފެންސްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:30 ގައި ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ ހުޅުމާލެ ކޮޅުން ހައިވޭ ނިމޭ ހިސާބުގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި އެހެން ނަަމަވެސް ޕިކަޕަށާއި އަރިމަތީ ފެންސަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް