ފާރެއް ވެއްޓި ދެ އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

ލ. މާމެންދޫގައި ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ގެއްލުންވެފައި--- ފޮޓޯ: ޕޮލިސް މީޑިއާ

ލ. މާމެންދޫގައި ފާރެއް ވެއްޓި ދެ އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާމެންދޫގެ ގެއެއްގައި އިމާރާތް ކުރަމުންދިޔަ ފާރެއް އެގޭގައި ހުރި އެހެން އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު ކަމަށެވެ. އެގޮތަށް ވެއްޓުމުގެ ތެރޭގައި ފުރާޅުގައި ޖަހާފައި ހުރި ސިމެންތި ޓިނުތައް ފަޅައިގެން ގޮސް ސީލިންގާއެކު ކޮޓަރިތެރެއަށް ވެެއްޓުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ދެ އަހަރުގެ ކުއްޖާގެ އިތުރުން 38 އަހަރުގެ ފިރިހެނަކަށްވެސް އަނިޔާ ވެފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ލ. މާމެންދޫގައި ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ގެއްލުންވެފައި--- ފޮޓޯ: ޕޮލިސް މީޑިއާ

ނަމަވެސް ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ މިއަދު މެންދުރު 13:11 ގައި ކަަމަށެެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ފާރު ވެއްޓިފައިވަނީ ރޭނުމަށްފަހު ނުހިކި ހުރި ފާރެއް ވައިގަދަވުމުގެ ސަބަބުން ވެއްޓިގެން ކަމަށެވެ.

ލ. މާމެންދޫގައި ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ގެއްލުންވެފައި--- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ބުނީ ވަގުތީ ގޮތުން އެގޭގައި ދިރުއުޅެވޭނެ ގޮތް ހަދައި ދިނުމަށް އެ ގެ ސާފުކޮށް ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް