އޮޅުވާލައިގެން ވެމްކޯއަށް ބާ ޓްރަކެއް ގަތުމުން ކުރީގެ އެމްޑީއަށް ދައުވާކުރަނީ

ވެމްކޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝިފާއު (ކ) --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އޮޅުވާލައިގެން ވެމްކޯއަށް ބާ ޑަމްޕްޓްރަކެއް ގަތް މައްސަލއިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނީ އެ ޓްރަކް ވެމްކޯއަށް ގަނެފައިފައިވަނީ ޝިފާއުގެ ހިއްސާ އޮންނަ ކިއުބެކް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.

ވެމްކޯއިން ފުރަތަމަ އެދުނީ އެއް ޓަނުގެ ޓްރަކެއް ގަތުމަށެވެ. ނަމަވެސް އެ ވަރުގެ ޓްރަކެއް ނުލިބިއްޖެނަަމަ 350 ކިލޯގެ ޓްރަކެއް ހޯދައިދިނުމަށްވެސް ފަހުން ވަނީ ރިކުއެސްޓްކޮށްފަ އެވެ.

އެ ޓްރަކް ގަނެފައިވަނީ އާ ޓްރަކްއެއްގެ ގޮތުގައި ނަމަވެސް އެ ޓްރަކްގަތް ޖަޕާނުގެ އެކްސްޕޯޓަރާއި ކަސްޓަމްސްއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުނވެސް އެ ޓްރަކަކީ ބޭނުންކޮށްފަިއވާ ބާ ޓަރަކްއެއް ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ ޓްރަކް ގަނެފއިވަނީވެސް އެންމެ ތަނަކުން ކޯޓޭޝަން ހޯދައިގެން ކަމަށެވެ. އަދި އެގޮތަށް ތަކެތި ގަންނައިރު މުދަލެއް ގަންނަން ވާނީ އެއްް ކޯޓޭޝަނަށްވުރެ ގިނައިން މުދަލުގެ ހަމަ އަގު ޔަގީން ކުރުމަށް އެއް ކޯޓޭޝަނަށްވުރެ ގިނަ ކޯޓޭޝަން ނަގައިގެންކަންވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީން ބުނީ ނުހައްގުން މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދާދިނުމަށްކަން ފެންނަން އެބައޮތް ކަމަށާއި އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމަށް އެފަރާތުން ކުރިކަމެއްކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ދައުވާ ކުރުމަށް މިހާރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

comment ކޮމެންޓް