އަދީބު އަދިވެސް އޮތީ ހޮސްޕިޓަލުގައި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އައިޖީއެމްއެޗުގައި --- ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފި އެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގައި ހުންނަވަނިކޮށް އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކަރެކްޝަންސްގެ މިޑީއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އަދީބުގެ ހާލު ރަނގަޅު ކަމަށާއި މިހާރު އޮތީ އޮބްޒަވޭޝަނަށް ބާވާފައި ކަމަށެވެ.

"[އަދީބުގެ] ހާލު ރަނގަޅު. ސީރިޔަސް ކަމެއް ނެތް،" މީޑއާ އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

މިމަހު އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަދީބު ޝަރީއަތް ނިމެންދެން ބަންދަށް ޖެހީ ޅ. މާބިންހުރާ ވިއްކާލައި ދައުލަތަށް ލިބެންޖެހޭ އަށް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މަައްސަލައިގައި އާނާގެ މައްޗަށް އިއްވި އަށް އަހަރުގެ ހުކުމުމް އިސްތިނާފު ކުރުމުން އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެނެވެ.

ތަފާތު ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އައެެވެ. ނަމަވެސް ފަހުން ކޯޓުތަކުން ވަނީ އެ މައްސަލަތައް ބާތިލް ކޮށްފައެވެ. މިހާރު ކޯޓުގައި އޮތީ ހަމައެކަނި މާބިންހުރާ މައްސަލަ އެކަންޏެވެ.

https://sun.mv/123101

comment ކޮމެންޓް