ފެޒް ޕްރެޒިޑެންޓް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖުވެނައިލް ހޯދައިފި

ފްޒް ޕްރެޒިޑެންޓް ވޮލީ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ޖުވެނިއަލް ޓީމުން އުފުލާލަނީ ---ފޮޓޯ// ފެޒް ކުލަބް

ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ އަލްހާ ޢީދާއި ދިމާކޮށް ބާއްވާ ފެޒްގ ޕްރެޒިޑެންޓް ވޮލީ ކަޕް 2019 ގެ ތަށި ޖުވެނައިލް ޓީމުން ހޯދައިފި އެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި، ވޭތުވެދިޔަ އަހުރުގެ ޗެންޕިއަން ކުލަބް ރޯޔަލް 2-3 އިން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ލިބުނު ކާމިޔާބީއާ އެކު މިއީ ޖުވެނައިލް ޓީމުން މި މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

މިރޭ ކުރިއަށްދިޔަ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ރައީސް އަޙްމަދު ޒާހިރު އެވެ.

މި މުބާރާތަކީ ފީއަލީގެ އެކުވެރި ޒުވާނުން (ފެޒް) ގެ ރައީސުންގެ ނަމުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މި މުބާރާތް ބާއްވާފައި ވަނީ އެހެން އަހަރުތަކާ ޙިލާފަށް މުޅި ފާފު އަތޮޅަށް ހުޅުވާލައިގެންނެވެ. މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން އިންޓަނޭޝަނަލް ކުޅުންތެރިން ވެސް ބައިވެރިވާ މުބާރާތެކެވެ.

ފައިނަލް މެޗަށްފަހު މުބާރާތަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމާއެކު، މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.

މުބާރާތުގެ އެންމެ ކުޅުންތެރިޔަކަށް ހޮވުނީ ކުލަބް ރޯޔަލް ގެ އަޒީމް އަޙްމަދެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު
ކުޅުންތެރިޔަކަށް ހޮވުނީ ޖުވެނައިލް ޓީމްގެ ނާއިފް އިބްރާހީމްއެވެ. މީގެ އިތުރުން އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ އަލް ވަތަނީ ޓީމްގެ މުސާ ފަތުހީއެވެ.

މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުލަބް ރޯޔަލް ގެ މައުމޫން އިބްރާހީމްއެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000ރ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ. ފެޒް ޕްރެޒިޑެންކަޕަކީ ފީއަލީގައި
ކުރިއަށްގެންދާ އެންމެ ތާރީހީ އަދި އެންމެ ޒަމާންވީ ވޮލީ މުބާރާތެވެ.

މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުން ކަމަށް ފެޒް ކުލަބުން ބުނެއެވެ.

comment ކޮމެންޓް