އިންޑިއާއިން އެތެރެ ކުރި ދެ މިލިއަނެއްހާ ރުފިޔާގެ ޑްރަގާއެކު މީީހަކު ހައްޔަރު ކޮށްފި

އަތުލައިގަތް ދެ މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން އިންޑީއާއިން ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި ދެ މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ، މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އިއްޔެ އިންޑިއާގެ ޓްރެވިންޑްރަމް އިން ރާއްޖެ އައި 25 އަހަރުގެ ދިވެއްސެއްގެ އަތުން ކަމަށެވެ.

ދިވެހި މީހާގެ އަމަލުތައް ހުރި ގޮތުން އޭނާގެ ލަގެޖް ބަލާ ފާސް ކުރި އިރު، ޖުމްލަ 1.43 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އޭނާގެ ލަގެޖުން ފެނިފައި ވަނީ މަސްތުވާތަކެތީ ގެ ދެ ބާވަތެއް ކަަމަށްވާ ހެރޮއިންގެ 1.095 ކިލޯއާއި ކޮކެއިންގެ 0.333 ކިލޯ އެވެ.

އަތުލައިގަތް ދެ މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސް އިން ބުނީ، އަތުލައިގަނެވުނު ހެރޮއިންގެ މަގުމަތީ ބާޒާރުގެ އަގު 766،500 އަށް އަރާ ކަމަށެވެ. އަދި އަތުލައިގަނެވުނު ކޮކެއިންގެ މަގުމަތީ ބާޒާރުގެ އަގު 1،165،000 އަށް އަރާ ކަމަށެވެ. މުޅި ޖުމްލަ އަތުލައިގަތް ދެ ބަވާތުގެ އަގު 1.93 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މައްސަލައިގައި ހިމެނޭ ދިވެހި ފިރިހެން މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ދެ މިލިއަނެއްހާ މަސްތުވާތަކެއްވާއެކު އިންޑިއާ އިން އައި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ކަސްޓަމްސް އިން އަތުލައިގަތް އިރު، މިދިޔަ ހުކުރު ދުވަހު ލަންކާއިން ރާއްޖެ އައި 25 އަހަރުގެ ފިރިހެނެއްގެ އަތުން މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަތްފައެވެ.

comment ކޮމެންޓް