ލަންކާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު -- ސަން ފޮޓޯ/ އިބްރާހިމް މާހިލް މުހައްްމަދު

ސްރީލަންކާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައެވެ. ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ އީދު ޗުއްޓީ އަށެވެ. ރައީސްގެ ދެކަނބަލުންގެ އާއިލީ ބޭފުޅުން ލަންކާގައި ދިރިއުޅުއްވަ އެވެ.

comment ކޮމެންޓް