ށ. ފަރުކޮޅުގައި ބަނގުރާ ބޭނުންކޮށްގެން އުޅެނިކޮށް ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގައި ހުރި ބަނގުރާތަކެއް--

ށ. ފަރުކޮޅުގައި ބަނގުރާ ބޭނުންކޮށްގެއް އުޅެނިކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށް މަސްތުވެގެން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު 12:15 ގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް