ލަންކާއިން އައި ދިވެއްސަކު މިލިއަނެއްހާ ރުފިޔާގެ ހެރޮއިންއާ އެކު ހައްޔަރުކޮށްފި

ހައްޔަރު ކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ލަންކާއިން ރާއްޖެ އައި ދިވެއްސަކު 1.52 ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ މިއަދު އުމުރުން 25 އަހަރުގެ އެ މީހާގެ އަތުން މަސްތުވާތެކެތި ފެނުނީ އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކު އުފެދިގެން އޭނާގެ ލަގޭޖް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ މީހާގެ ލަގޭޖުން ފެނުނީ ހެރޮއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި ބަރުދަނުގައި 1.52 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ހިފެހެއްޓި މީހާއާއި އޭނާގެ ލަގޭޖުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް