ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުން ވަނީ މަޑުޖެހިފައި: ޝަހީމް

އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގައި ބޮޑެތި ގުރުއާން މުބާރާތްތައް ބޭއްވުމާއި ހާފިޒުން އުފެއްދުމުގެ މަސައްކަތް މަޑުޖެހިފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. ޝަހީމް އޭނާގެ ފޭސްބުކްގައި މިއަދި އާންމުކުރި ޕޯސްޓެއްގައި ބުނީ ފާއިތުވި 30 އަހަރު ކީރިތި ގުރުއާންގެ އިލްމު ފެތުރުމަށް ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް ބޮޑެތި މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި 30 އަހަަރަށް ވުރެ ގިނަ އަހަރު މެދުކެނޑުމެއް ނެތި ބާއްވަމުން ދިޔަ ގައުމީ ގުރުއާން މުބާރާތް މި އަހަރުގެ މިހާތަނަށްވެސް ބާއްވައިފައިވާ ނުވާތީ ޑރ. ޝަހީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

" ކުރިޔަށް އޮތީ އޯ ލެވެލް، އޭ ލެވަލް އިމްތިހާންތަކެވެ. ކުރިއށް އޮތް ދެ މަސްތެރޭގައި މުޅި ގައުމު ސްކޫލު އަދި ކޮލެޖު ޔުނިވާސިޓީތަކުގެ އިމްތިހާންތަކުގެ ބިޒީ ވާނެ. އެއަށްފަހު އަހަރީ ޗުއްޓީއެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ނިމިގެން ދިޔަ ސަރުކާރުގައި ބާއްވަން ފެށި އިންޓަނޭޝަނަލް ގުރުއާން މުބާރާތާއި އަދި ސްކޫލުތަކުގެ ގުރުއާން މުބާރާތް ބާއްވާފައި ނުވާތީވެސް އޭނާ ވަނި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

" އަދި މުޅި ގައުމު އެކަމަކަށް ސަމާލުކަން ދިން (އެންމެ އަލިގަދަ ތަރި ގައުމީ މުބާރާތް) އުވާލި ކަމީ ލޮލުން ކަރުން އަޅަން ޖެހޭ ކަމެކެވެ. އެ މުބާރާތަކީ ހުނަރުވެރިކަން އިތުރުކޮށްދިން ޒަމާނި މުބާތާތެކެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ އެންމެ އަލި ފަދަ މުބާރާތް އިއާދަކޮށް ދެން ހުރި ގުރުއާން މުބާރާތްތައްވެސް ބޭއްވުމަަށް ގޮވާލައްވައިފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ހާފިޒުން އުފެއްދުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި އަދި ގުރުއާންގެ އިލްމު ފެތުރުމުގެ ހަރަކާތަށް ލޮޅުން އަރާފައިވާ ކަމަށެވެ.

" އަޅުގަނޑުގެ މިނިސްޓަރު ކަމުގައި 500 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ދަސްކުރާ ކޮންމެ ކުއްޖަކަށް އެ ކުއްޖަކު ގުރުއާނުން ދަސްކުރާ ކޮންމެ ފޮތަކަށް ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމް ދިނީމެެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ

ގުރުއާނުގެ މަރުކަޒުގައި ވެރިޔަކު ނެތި އަހަރު ދުވަސްވެފައިވާތީ އެކަމަށްވެސް ޑރ. ޝަހީމް ވަނީ ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް