މޫދަށް އެރުނު ބައެއްގެ ފޯނުތައް ވަގަށް ނެގި މީހާ ބައިގަޑި އިރު ތެރޭ ހޯދައިފި

މިއަދު ވިލިމާލެއިން ވަގަށް ނެގި ތަކެތި: ފުލުހުން ވަނީ ބައިގަޑި އިރު ތެރޭ މިތަކެތި ހޯދާ ވައްކަން ކުރި މީހާ ހައްޔަރުކޮށްފައި --

މިއަދު ވިލިމާލޭގައި މޫދަށް އެރި އުޅުނު ބައެއްގެ ފޯނު ތަކަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ބައިގަޑި އިރު ތެރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށާއި، އެ ތަކެތި ވަގަށް ނެގި މީހާ 10:30 ހާއިރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގެއްލުނު ތަކެތި އެމީހާގެ އަތުން ފެނިފައިވާ ކަމަށާއި، އަދި އެ ތަކެތި މިހާރު ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އީދު ބަންދާ ދިމާކޮށް ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.

comment ކޮމެންޓް