އެމެރިކާ ކޮންގްރެސްގެ މުސްލިމް ދެ މެމްބަރުން ފަލަސްތީނަށް ވަންނަށް ހުއްދަ ނުދިން

އެމެރިކާގެ ކޮންގްރެސްގެ މުސްލިމް ދެ މެމްބަރުން، އިލްހާން(ކ) އަދި ރަޝީދާ (ވ)--

އެމެރިކާގެ ކޮންގްރެސްގެ މުސްލިމް އަންހެން ދެ މެމްބަރުން ކަމަށްވާ އިލްހާން އޮމަރާއި ރަޝީދާ ތުލައިބް ފަލަސްތީނަށް އެތެރެވުމުގެ ހުއްދަ އިސްރާއިލުން ނުދީފި އެވެ.

ރަޝީދާ ތުލައިބްއަކީ ފަަލަސްތީނަށް ނިސްބަތްވާ ބޭފުޅެއްވެސް މެއެވެ. އިލްހާން ނިސްބަތްވަނީ ސޯމާލިއާ އަށެެެވެ. ނަަމަވެސް އެ ދޭބެފުންނަކީވެސް މިހާރު އެމެރިކާގެ ރައްޔިތުންނެވެ.

އިސްރާއިލްއިން ހިފައިފަިއިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ގާޒާ ސަރައްދަށް ދެ ބޭފުޅުންވެސް އަންނަ ހަފްތާގައި ވަޑައިގަންނަވާގޮތަށް އޮތީ ހަމަޖެހިފަ އެވެ.

މުސްލިމް ދެ މެމްބަރުންނަކީ ފަލަސްތީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅުންނެވެ. އަދި އިސްރާއިލްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް އެ ބޭފުޅުން ގޮވާލައްވަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުސްލިމު ދެ މެމްބަރުން ފަލަސްތީނަށް ވަނުމުގެ ހުއްދަ ނުދިނުމަށްވެސް ގޮވާލައްވައިފަ އެވެ. އަދި އެ ދެ ބޭފުޅުންނަށް ހުއްދަ ދީފިނަމަ އޭގެން އިސްރާއިލްގެ ބަލިކަށިކަން އެނގިގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އެ ދެ ބޭފުޅުންނަކީވެސް އިސްރާއިލްއާ ޔަހޫދީން ދެކެ އިންތިހާއަށް ނަފްތަރުކުރައްވާ ދެ ބޭފުޅުން. އެ މީހުންގެ ވިސްނުން ބަދަލެއް ނުކުރެއްވޭނެ." ޓްރަމްޕް ވިދާޅުވި އެވެ.

އިސްރާއިލްގެ ގާނޫނު ބުނާގޮތަށް އެގައުމު ބޮއިކޮޓްކުރުމަށް ވަކާލާތު ކުރާ ފަރާތްތަކަށް އެގައުމަށް އެރުމުގެ ހުއްދައެއް ނުދެވޭނެެ އެވެ. އެދެ މެންބަރުން އެ ގައުމަށް އެތެރެވުން މަނާކުރީ އެކަން ބަހަނާއަކަށް ހަދައިފަ އެވެ.

comment ކޮމެންޓް