ބައިނަލްއަގުވާމީ ސައިންސްވެރިންގެ ކޮންފަރެންސެއް މިމަހު 26ގައި އުުކުޅަހުގައި

އުކުޅަސް ޓެކްފެއާއަށް ތައްޔާރުވުމުގެ ގޮތުން އުގައިލް ފައުންޑޭޝަންގެ ފަރާތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އުގައިލް ފައުންޑޭޝަން

ބައިނަލްއަގުވާމީ ސައިންސްވެރިންގެ ކޮންފަރެންސްއެއް ކަމަށްވާ " އިންޓަނޭޝަނަލް ވޯކްޝޮޕް އޮން އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް" މިމަހު 26 ގައި އއ. އުކުޅަހުގައި ބާއްވާގޮތަށް ނިންމައިފި އެވެ.

އެ ކޮންފަރެންސް މިމަހުގެ 28 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކޮންފަރެންސްއާ ބެެހޭގޮތުން ޕްރޮފެސަރު ހަސަން އުގައިލް "ސަން" އަށް ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ދުނިޔޭގައި ބާއްވަމުން އަންނަ ކޮންފަރެންސްއެއް ކަމަށެވެ.

އެ ކޮންފަރެންސް އިންތިޒާމްކުރާ އިންސްޓްޓިއުޓް، އޮގް އިލެކްޓްރިކަލް އެންޑް އިންޖިނިއާސް އެސޯސިއޭޝަންއަކީ ދުނިޔޭގެ ގިނަ އަދަދެއްގެ ސައިންސްވެރިން ޝާމިލްވާ އެސޯސިއޭޝިއަނެއް ކަމަށްވެސް އުގައިލް ވިދާޅުވި އެވެ.

އުގައިލް ވިދާޅުވީ އެ ކޮންފަރެންސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 ޕޭޕާސް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް ރިވިއު ކުރުމަށްފަހު ނެގީ 50 ޕޭޕަރު ކަމަށެވެ.

އުގައިލް ވިދާޅުވީ އެ ކޮންފަރެންސްއާ ދިމާކޮށް އުކުޅަހުގައި ޓެކް ފެއާއެއްވެސް އޮންނާނެ ކަމަށެވެ. އެ ޓެކް ފެއާގައި ސަރުކާރާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތައްވެސް ބައިވެރިވާ ކަމަަށެވެ.

އެ ޓެކް ފެއާއަށް ހިލޭ ވަދެވޭނެ ކަަމަށްވެސް އުގައިލް ވިދާޅުވި އެވެ.

comment ކޮމެންޓް