މި ސަރުކާރުގެ ވެރިންގެ ގައިކޮޅުގައި ތަތްތެޅިފައިވަނީ ތިނެއް ނޮވެމްބަރުގައި ޝަހީދުވި 19 ދިވެހިންގެ ލޭ: ޔާމީން

ނޮވެމްބަރު ތިނެއްގައި ޝަހީދުވި 19 ދިވެހިންގެ ލޭ މި ސަރުކާރުގެ އިސްވެރިންގެ ގައިކޮޅުގައި ތަތްތެޅިފައި އެބަހުރި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފުރަތަމަ އާއްމު އެއްވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޔާމީނު ވިދާޅުވީ "... މިއަލިވިލެނީ އަޅުގަނޑުމެން ދުށް އެންމެ ވަރުގަދަ އުދުވާނަށް،"ކަމަށާއި އެތަކެއް ދުވަހަށް ފަހު މިހާރު މިއޮތީ ދިވެހިންނަށް ލިބުނު އެންމެ ވަރުގަދަ ޖަރީމާތައް ހިންގާ ސަރުކާރު ކަމަށެވެ.
~
ޔާމީން ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުމަށް ފައިސާގެ އެހީތެރިވާ ބޭފުޅުންނަކީ ވެސް ނޮވެމްބަރު ތިނެއްގެ އުދުވާނު ދެމެހެއްޓުމަށްޓަކައި މިހާރު މިއޮތް ސަރުކާރަށް މިހާރު ވެސް އެހީތެރިވާ ބޭފުޅުން ކަމަށެވެ. އަދި ވިދާޅުވީ ނޮވެމްބަރު ތިނެއް އިހުތިފާލްވާ ގޮތަށް ޖަލްސާއެއް ބާއްވަން އެމްޑީޕީ ފަސްޖެހެނީ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެތީ ކަމަށެވެ.

"ތިނެއް ނޮވެމްބަރުގެ އުދުވާނުން އަޅުގަނޑުމެންނަށް ސަލާމަތްވެވުނީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑެތި ޖިހާދުތަކެއް ކޮށްގެން. މި ޖިހާދު ހިތްމައްޗަށް ގެންނައިރު އަވަށްޓެރި އިންޑާ އިން ރާއްޖެ އަށް ވަރަށް ބޮޑެތި އެހީތެރިކަން ދީފައިވާކަން ވެސް އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ހިތުގައި ވިންދު ޖަހާ ކޮންމެ ވަގުތަކީ ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ ޒިކުރާތައް އާވާ ވަގުތުތަކެއް ކަމަށާއި އެ ހަދާންތައް ނައްތާލަން ސަރުކާރުން ކިތައްމެ މަސައްކަތެއް ކުރިނަމަވެސް އެކަން ހަނދާން ނައްތާނުލެވޭނެ ކަމަށެވެ.

ނޮވެމްބަރު 3، 1988 އެއީ ރާއްޖޭގެ ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިން މާލެ އަރައި 19 ދިވެއްސަކު ޝަހީދުވި ދުވަހެވެ. އެދުވަސް ދިވެހިން ފާހަގަ ކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު